ޚަބަރު

ރަޒީންގެ މަރާ ގުޅިގެން މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި


ސްރީލަންކާގެ ކޮލަމްބޯގައި މަރާލާފައި އޮއްވާ ފެނުނު ހެންވޭރު ހަންރެޑް ފްލަވަރސް ޙުސައިން ރަޒީންގެ މަރާ ގުޅިގެން ދައުލަތުން މީހެއްގެ މައްޗަށް ދަޢުވާ އުފުއްލަވައިފިއެވެ.

ރަޒީންގެ މަރާއި ގުޅިގެން ދައުލަތުން ދަޢުވާ އުފުލާފައިވަނީ ރ. ކަނދޮޅުދޫ ފީރޯޒުގެ އިބްރާހިމް އަބްދުއްރަޙްމާންގެ މައްޗަށެވެ. އެނާގެ މައްޗަށް ދައުލަތުން ކުރައްވަނީ އެނގިހުރެ މަރެއް ފޮރުވުމާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކުމެރުމުގައި ބައިވެރިވިކަމުގެ ކުށުގެ ދަޢުވާއެވެ. 

މި ދެ މައްސަލާގައި އަޑުއެހުންތައް މާދަމާ ފެށުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލުކުރައްވާފައެވެ. ހެންވޭރު ހަންރެޑް ފްލަވަރސް ޙުސައިން ރަޒީނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމަށްފަހު ކޮލަމްބޯގެ ދެކުނުން އޮންނަ އަވަށެއްގެ ދަނޑުވެރިކަންކުރާ ސަރަޙައްދަކަށް އެއްލާލާފައި އޮއްވާ ފެނިފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.