ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއަދުން ފެށިގެން މިމަހުގެ ބާވީހަށް ކުރިއަށްދާ މިފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏަކުން ބައިވެރިވެއެވެ.
މި ފެއަރގައި ރާއްޖެ އިޝްތިހާރުކުރުމަށްޓަކައި ޔޫރަޕްގެ ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއެކު ވަކި ވަކި ބައްދަލުވުންތައް ކުރިއަށްދާކަމަށާއި މެޑްރިޑްގެ ޓޫރިޒަމް މިނިސްޓްރީއާއެކުވެސް ބައްދަލުވުންތައް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ.
img:http://s1.psmnews.mv/images/660x400/14847455993012.jpg|ފިތޫރު ފެއަރގައި ހުރި ރާއްޖޭގެ ސްޓޭންޑް- ފޮޓޯ: ވިޒިޓް މޯލްޑިވްސް
މި ފެއަރއަކީ ރާއްޖޭގެ ފަތުވެރިކަމަށް މުހިއްމު ފެއަރއެއްކަމަށާއި އުއްމީދަކީ މިފެއަރއިންވެސް ރާއްޖޭގެ ފަތުވެރިކަމަށް ކުރިއެރުންތަކެއް ލިބުންކަމުގައި އެމްއެމްޕީއާރުސީން މަޢުލޫމާތުދެއެވެ. މިއަހަރުގެ ފިތޫރު ފެއަރގައިވެސް ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްފައިހުރީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭގޮތަށެވެ.