އަތޮޅުތައް

"މޫދު ކަސްރަތުން އުފާވެރިކަން" އުތީމުގައި ފަށްޓަވައިފި


އެމްއެންޑީއެފް ނޮދަން އޭރިއާއި އުތީމު ކައުންސިލް ގުޅިވަޑައިގެން "މޫދު ކަސްރަތުން އުފާވެރިކަން" މިނަމުގައި ހއ.އުތީމުގައި ޕްރޮގްރާމެއް ފަށްޓަވައިފިއެވެ. 

މިކަމަށްޓަކައި އުތީމުގައި އޮތް ރަސްމިއްޔާތުގައި މި ޕްރޮގްރާމް ފައްޓަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަޙްމަދު އާތިފެވެ. މި ރަސްމިއްޔާތުގައި މޭޖަރ އާތިފް ވަނީ މޫދު ކަސްރަތު ޕްރޮގްރާމަކީ ކޮބައިކަމާއި، މި ޕްރޮގްރާމުން ލިބޭ ފައިދާތަކާއި، މި ޕްރޮގްރާމްގެ މުޙިންމުކަން ބައިވެރިންނާ ޚިއްސާ ކުރައްވާފައެވެ.

މި ޕްރޮގްރާމްގައި ފުރަތަމަ ސަތޭކަ ދެމީހުން ބައިވެރިވެފައިވެއެވެ.  އޭގެތެރޭގައި ހިމެނެނީ އަށްޑިހަ އަންހެނުންނާއި ބާވީސް ފިރިހެނުންނެވެ. އުތީމު ކައުންސިލްގެ ނާއިބް ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މި ޕްރޮގްރާމަށް ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި، ސަތޭކަ ދެ ބައިވެރިންނާއެކު މި ޕްރޮގްރާމް ފެއްޓެވި ނަމަވެސް މިހާރު ސަތޭކަ ތިރީސް ދެމީހުންނަށް މި އިތުރުވެފައިވާކަމަށެވެ. ދިހަ ދުވަހުގެ މި ޕްރޮގްރާމް ކުރިއަށްގެންދަނީ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރުއެވެ. މި ޕްރޮގްރާމް އެންމެ ފަހުން ބޭއްވީ ތ. ތިމަރަފުށީގައެވެ. މޫދު ކަސްރަތު މި ޕްރޮގްރާމްގެ ސަބަބުން ސިއްޚީ ގިނަ ފައިދާތަކެއް ލިބެމުންދާކަމަށް މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ.

 "މޫދު ކަސްރަތުން އުފާވެރިކަން" މި ނަމުގައި އެމްއެންޑީއެފުން ކުރިއަށްގެންދަވާ މި ކަސްތަރު ޕްރޮގްރާމަކީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރެއްވުމާއި އިސްލާމީ ރިވެތި އުޞޫލުތައް ދިރުވުމާއި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ޤާއިމުކުރެއްވުމުގެ މަޤްޞަދުގައި ހިންގަވާ ޕްރޮގްރާމެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.