ވިޔަފާރި

"ހިރިލަންދޫ އައިސްޕްލާންޓްގެ ޚިދުމަތް، ޖޫން މަހުގެ ކުރިން ފަށާނެ"


ތ. ހިރިލަންދޫގައި ބަހައްޓާ އައިސްޕްލާންޓްގެ މަސައްކަތް ނިންމަވައި މިއަހަރު ގެ ޖޫން މަހުގެ ކުރިން ޚިދުމަތް ދެއްވަން ފައްޓަވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިޝަރީޒް މިނިސްޓްރީން އެރަށުގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ހަވާލުކުރައްވާފައިވަނީ މިފްކޯއާއެވެ. 

މި މަސައްކަތް އެކުންފުންޏާ ފިޝަރީޒް މިނިސްޓްރީން ހަވާލުކުރެއްވީ 2014 ވަނަ އަހަރުއެވެ. މިފްކޯއާ ހަވާލާދީ ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، އައިސްޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ޢިމާރާތް މިހާރު ނިމިފައިވާކަމަށެވެ. އަދި އައިސްޕްލާންޓްވެސް ރާއްޖެ ގެނެސްފައިވާކަމަށެވެ. 

މި މަޝްރޫޢުއަށް 3 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. ފިޝަރީޒް މިނިސްޓްރީން އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރައްވަމުންގެންދަވާ ރަށްރަށުގެ ތެރޭގައި ހިރިލަންދޫގެ އިތުރުން ނ.ހޮޅި، ގއ.ދާންދޫ، ރ.އަލިފުށި، ބ.ތުޅާދޫ، ހއ. އިހަވަންދޫ ހިމެނެއެވެ.