ތަރައްްޤީ

އަމިން އެވެނިއުގައި މިއަހަރު މީހުން ދިރިއުޅެން ފަށާނެ


ހުޅުމާލޭގައި އަމިން ކޮންސްޓަރަކްޝަން އިމާރާތްކުރާ އަމިން އެވެނިއުގައި މި އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަމިން ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދު ﷲ މުޙައްމަދު ވިދާޅުވީ، އަމިން އެވެނިއުގެ 3 ޓަވަރުގެ ތެރެއިން ޓަވަރ "އޭ" އަދި ޓަވަރ "ބީ"ގެ މަސައްކަތް މި އަހަރު ޖޫން މަހު ނިންމައި، އެޕާރޓްމެންޓް ގަނެފައިވާ ފަރާތްތަކަށް ތަން ހަވާލުކުރާނެ ކަމަށެވެ. ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ޢިމާރާތް ކުރަމުންދާ ފްލެޓްތަކުގެ ތެރެއިން މަސައްކަތް އެންމެ ބާރަށް ކުރިއަށްދާ "އަމިން އެވެނިއު" ގައި މި އަހަރު މީހުން ދިރިއުޅެން ފަށާނެއެވެ. އަމިން އެވެނިއު އަކީ އަމިން ކޮންސްޓްރަކްޝަންގެ ފަރާތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޢިމާރާތް ކުރަމުންދާ 279 އެޕާރޓްމެންޓް ހިމެނޭ މިކްސްޑް ޔޫޒް ކޮންޑޮމީނިއަމެކެވެ. އަމިން ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދު ﷲ މުޙައްމަދު ވިދާޅުވީ، އަމިން އެވެނިއުގެ ތިން ޓަވަރުގެ ތެރެއިން ޓަވަރު "ސީ"ގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

"ޓަވަރ "އޭ" އަދި ޓަވަރ "ބީ"ގެ މަސައްކަތް މި އަހަރު ޖޫން މަހު ނިމޭނެ، ޓަވަރު "ސީ"ގެ މަސައްކަތް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ. ކްލައިންޓުންނަށް ދައްކާލުމަށް ބައެއް ތަންތަން (އެޕާރޓްމެންޓް) ރެޑީވެފައި. ޑޭޓް ފައިނަލް ކުރަމުން ދަނީ" ޢަބްދު ﷲ މުޙައްމަދު ވިދާޅުވިއެވެ.

އަމިން އެވެނިއުގެ ތިން ޓަވަރުގެވެސް ކޮންކްރީޓް ހުރިހާ މަސައްކަތެއް ވަނީ ނިމިފައެވެ. 2015 ވަަނަ އަހަރުގެ މާރޗް މަހުގެ 11 ވަނަ ދުވަހު އަމިން އެވެނިއު ލޯންޗް ކުރިތާ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ އެޕާރޓްމެންޓެއް ވިކި ހުސްވެފައިވާ ކަމަށް އަމިން ކޮންސްޓަރަކްޝަނުން ބުނެއެވެ. އަމިން އެވެނިއު" އެޕާޓްމަންޓްތަކުގެ އަގުތަށް ކަނޑައާޅާފައިވަނީ 2.2 މިލިއަން ރުފިޔާއިން ފެށިގެން 8 މިލިއަން ރުފިޔާއާ ދެމެދުގެ ރޭންޖެއްގައެވެ. ޖުމްލަ 279 އެޕާރޓްމެންޓް ހިމެނޭ އަމިން އެވެނިއުގެ އެޕާރޓްމެންޓްތައް ވަނީ 4 ކެޓެގަރީއަކަށް ބަހާލާފައެވެ. އެއީ ބޭސިކް ކެޓެގަރީގައި 189 އެޕާރޓްމެންޓާއި، ބޭސިކް ޕްލަސް ކެޓެގަރީގެ 54 އެޕާރޓްމެންޓާއި، ލަގްޒަރީ ކެޓެގަރީގެ 18 އެޕާރޓްމެންޓް އަދި، ޑުޕްލެކްސް ޕެންޓް ހައުސް ކެޓެގަރީގެ 18 އެޕާރޓްމެންޓެވެ.