ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގައި އިތުރު 6 ޓީމާއިއެކު ޖުމްލަ 81 ޓީމް


މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން އިތުރު ހަ ޓީމަކަށް އެފްއޭއެމުން ފުރުސަތުދީފިއެވެ. 

މިދިޔަ ޖެނުއަރީ މަހުގެ 31 ގައި އިއުލާންކުރި ލިސްޓުގައި ހިމެނިފައިވަނީ 75 ޓީމެވެ. 

އެފްއޭއެމުން މައުލޫމާތުދެއްވި ގޮތުގައި އިތުރު ހަ ރަށަކަށް ފުރުސަތު ދީފައިވަނީ މުބާރާތުގައި ބައިވެރިވުމަށް ބައެއް ކައުންސިލްތަކުން ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ސިޓީ ފޮނުވަން މަސައްކަތް ކޮށްފައިވާތީ، ސިޓީ ފޮނުވުމަށް މަސައްކަތްކޮށްފައިވާ ކަން އަންގައިދޭ ލިޔުންތައް ބެލުމަށްފަހުގައިކަމަށެވެ. 

އިތުރު ހަ ޓީމާއިއެކު އަންނަ މާރޗް މަހުގެ ފަނަރަވަނަ ދުވަހު ޖުމްލަ 81 ޓީމް މިއަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ. ލިސްޓަށް އިތުރުކުރި ހަ ޓީމަކީ ނ. ކެނދިކުޅުދޫ، ކ، ހިންމަފުށި، ހދ. ފިނޭ، ހދ. ނޮޅިވަރަމް، މ.މުލަކުގެ އިތުރުން ފ. ބިލެއްދޫއެވެ. 

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅުތަކުގެ ބުރާއި، ހުރިހާ ޒޯންތަކެއްގެ ޗެމްޕިއަން ޓީމްތައް މާލޭގައި ކުޅޭ ބުރެވެ. އެފްއޭއެމުން އަހަރުގެ ކުޅިވަރު ކަލަންޑަރަށާއި. މުބާރާތްތަކުގެ ފޯމެޓަށް ގެނައި ބަދަލުތަކާއިއެކު، މާލޭގައި ކުޅޭ ބުރުގެ ގަދަ ހަތަރު ޓީމަށް މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިދިޔަ އަހަރު ބޭއްވި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބ.އޭދަފުށްޓެވެ. އެއީ ފައިނަލްގައި ތ.ތިމަރަފުށި ބަލިކޮށްގެންނެވެ.

މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވެފައިވާ ޓީމްތައް:

ހއ އަތޮޅު : ފިއްލަދޫ، އިހަވަންދޫ، މާރަންދޫ، މުރައިދޫ

ހދ އަތޮޅު : ހަނިމާދޫ، ހިރިމަރަދޫ، ކުޅުދުއްފުށި، ކުމުންދޫ، ކުރިނބި، ނޭކުރެންދޫ، ނޮޅިވަރަންފަރު، ފިނޭ، ނޮޅިވަރަމް

ށ އަތޮޅު : ފުނަދޫ، ޅައިމަގު، މިލަންދޫ

ނ އަތޮޅު : ކުޑަފަރި، ޅޮހި، މާޅެންދޫ، މަނަދޫ، ކެނދިކުޅުދޫ

ރ އަތޮޅު : ހުޅުދުއްފާރު، އިންނަމާދޫ، މީދޫ، އަލިފުށި، ރަސްމާދޫ، އުނގޫފާރު

ބ އަތޮޅު : އޭދަފުށި، ދަރަވަންދޫ

ޅ އަތޮޅު : ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި

ކ އަތޮޅު : ދިއްފުށި، ގުޅި، ގުރައިދޫ، މާފުށި، ހިންމަފުށި

އއ އަތޮޅު : މާޅޮސް

އދ އަތޮޅު : ކުނބުރުދޫ، މަހިބަދޫ، މަންދޫ

ވ އަތޮޅު : ފުލިދޫ

މ އަތޮޅު : މަޑުއްވަރީ، މުލި، ނާލާފުށި، ވޭވަށް، މިލައް

ފ އަތޮޅު : ފީއަލި، މަގޫދޫ، ނިލަންދޫ، ބިލެއްދޫ

ދ އަތޮޅު : ކުޑަހުވަދޫ، މީދޫ

ތ އަތޮޅު : ގާދިއްފުށި، ގުރައިދޫ، ހިރިލަންދޫ، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ، ވިލުފުށި

ލ އަތޮޅު : ގަން، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މުންޑޫ

ގއ އަތޮޅު : ދެއްވަދޫ، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ

ގދ އަތޮޅު : ހޯޑެއްދޫ، ގައްދޫ، މަޑަވެލި، ތިނަދޫ

ފުވައްމުލައް : ދަޑިމަގު، ދޫޑިގަން

އައްޑޫ ސިޓީ : ފޭދޫ، ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، މީދޫ