ޚަބަރު

މުޅިމާލެއިން ކަރަންޓާއި ފެން ކެނޑިއްޖެ


މުޅިމާލެއިން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ. މިއަދު 13:30 އެހައިކަންހާއިރު ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިފައިވާއިރު، ސްޓެލްކޯއިން ދަނީ މިކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މާލެއިން މިއަދު ފެންކެނޑުނީ ފެނުގެ ޚިދުމަތް މާލެއަށް ދެމުންއަންނަ އެމްޑަބްލިއުއެސްސީ އަށް ކަރަންޓުގެ ޚިދުމަތް ދެނީ ސްޓެލްކޯއިން ކަމަށްވެފައި، ސްޓެލްކޯގެ ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުންނެވެ. 

ސްޓެލްކޯއިން ބުނީ މިހާރު މައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް ކަންޓުކެނޑުނީ ކޮން މައްސަލައެއް ދިމާވެގެންކަމެއް ސްޓެލްކޯއިން އަދި ހާމައެއް ނުކިރެއެވެ. 

ރާއްޖޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ދިރިއުޅެމުންދާ މާލެއިން އެކީގައި ކަރަންޓުދިއުމުގެ ސަބަބުން މާލޭގެ ޢާއްމު ޚިދުމަތް ދިނުމަށާއި، އަސާސީ ޒަރޫރަތަކަށްވަނީ ބުރޫއަރާފައެވެ. މާލޭގެ އަސާސީ ހުރިހާކަމެއް ވަނީ ކަރަންޓަށް ބަރޯސާވެފައެވެ.