ކުޅިވަރު

ޔޫތް ޗެމްޕިއަންޝިޕަށް ޒުވާން ނެޓްބޯޅަ ޓީމް ފައިނަލްކޮށްފި


އަންނަ މަހު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ނެޓްބޯލް ޓީމުގެ ޓީމް ފައިނަލްކޮށްފިއެވެ. 

މިދިޔަ މަހުން ފެށިގެން 17 ކުޅުންތެރިންގެ ސްކޮޑަކާއިއެކު މުބާރާތަށް ތައްޔާރުވަމުން އަންނަ 21 އަހަރުން ދަށުގެ އަންހެން ނެޓްބޯޅަ ޓީމް މިހާރުވަނީ ފައިނަލްކޮށްފައެވެ. މިފަހަރުގެ ޓީމްގައި ސީނިއަރ ޓީމަށް ކުޅެފައިވާ ކުޅުންތެރިންނާއި، މުޅިން އަލަށް ނެޓްބޯޅަ ގައުމީ ޓީމުން ފުރުސަތު ހޯދި ކުޅުންތެރިންވެސް ހިމެނެއެވެ. 

21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ބުނީ ޓީމް ފައިނަލްކުރުމުގައި ކުޅުންތެރިން ފަރިތަކުރުންތަކުގައި ކުރި މަސައްކަތަށް ވަރަށް ބޮޑަށް ބެލިކަމަށާއި، ބައެއް ކުޅުންތެރިން ބާކީކުރަން ޖެހުނީ އަނިޔާގެ ސަބަބުންކަމަށެވެ. ޕްރެކްޓިސްގައި ޓީމަށް ލިބެމުން އަންނަ ކުރިއެރުމާއިމެދު ހިތްހަމަޖެހޭކަމަށާއި، މުބާރާތަށް ތައްޔާރުވާން އަދި އެއް މަސްދުވަސް އޮތުމުން އެކަށީގެންވާވަރަށް ތައްޔާރުވެވޭނެކަމަށްވެސް ދިލް ފާހަގަކުރިއެވެ.

"ޓީމް ފައިނަލްކުރީ ގިނަ ކަންތައްތަކަށް ބަލާފައި، ބާރަ ކުޅުންތެރިން މިހާރު ފައިނަލްކުރިޔަސް ދެ ކުޅުންތެރިން އިތުރަށް ތިބޭނެ، ކުޅުންތެރިޔަކަށް އަނިޔާއެއް ކަހަލަ ކަމެއް ދިމާވިޔަސް ސްޓޭންޑް ބައިގަ ތިބި ދެ ކުދިންނަށް ފުރުސަތު ލިބޭނެ" ދިލް ބުންޏެވެ. 

ކޯޗް ބުނީ ޓީމްގައި އެންމެ ބަލިކަށި ޑިޕާޓްމެންޓެއްގެ ގޮތުގައި ފާހަގަވަނީ ޝޫޓިންގކަމަށާއި، އެކަމަށް ކުރިއަށް ހުރި ޕްރެކްޓިސްތަކުގައި ވަރަށް ބޮޑަށް ފޯކަސް ކުރާނެކަމަށެވެ. 

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މަހުގެ ހަޔަކުން ތޭރައަށް ދެކުނު ކޮރެޔާގެ ޖިއޮންޖޫގައެވެ. މުބާރާތުގައި އޭޝީޔާގެ ދިހަ ގައުމަކުން ވާދަކުރާނެއެވެ.

އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ 21 އަހަރުން ދަށުގެ ޓީމް:

އައިޝަތު ހަނާން ހުސައިންސާރާ އަބްދުލް ބާރީއައިމިނަތު ރަބާބު އިބްރާހިމްފާތިމަތު ނައުފާއައުޝަތު ޒުނާނާ ނިމާލްފާތިމަތު މަލްހާ އިސްމާއިލްހަމްނާ އަބްދުއްރަހްމާންއައިޝަތު އިފާގާއައިޝަތު އަނާން އަނިލްހަލީމަތު އާމާލްމަރިޔަމް ރަނާއައިމިނަތު އިޒްވަތު އިސްމާއިލް