މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް: މިރޭގެ ތީމަކީ "ޕޭރަންޓް ސްޕެޝަލް"


މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ގަދަ 8 ބައިވެރިން މިރޭ ނުކުންނާނީ، ގަދަ 6 އިން ޖާގައެއް ކަށަވަރުކުރުމަށެވެ. މިރޭ 10:30 ގައި ޓީވީއެމް އިން ގެނެސްދޭ އައިޑަލްގެ ޝޯވްގެ ބައިވެރިންގެ ހުށައެޅުންތަކުގެ ނަތީޖާއަށްފަހު، 2 ބައިވެރިއަކު މާދަމާރޭ ޝޯއާ އަލަވާދާޢު ކިޔާނެއެވެ. 

އައިޑަލްގެ މިފަހަރުގެ ސީޒަންގެ ޝޯވްތަކުގެ ތެރެއިން މިރޭގެ ޝޯވް ވެގެންދާނީ ތާފާތު ޝޯވްއަކަށެވެ. ގަދަ އަށް ބައިވެރިންގެ މިރޭގެ ހުށައެޅުންތަކަށްފަހު މަދާމަރޭ އޮންނަ އެލިމިނޭޝަން ޝޯވ އިން ދެ ބައިވެރިޔަކު މުބާރާތާ ވަކިވާންޖެހޭނެއެވެ. އެހެންކަމުން މިރޭގެ ޝޯވް ވެގެންދާނީ ވާދަވެރިކަން ބޮޑު ޝޯވއަކަށެވެ. ކޮންމެ ބައިވެރިޔަކުވެސް ގަދަ ހަޔަކުން ޖާގައެއް ހޯދުމަށް މަސައްކަތްކުރާއިރު ޖަޖުންނާއި ބެލުންތެރިންގެ ހިތްތަކާއި ކުޅެލާފަދަ ހުށައެޅުމެއް މިރޭ ފެންނާނެއެވެ. 

ކޮންމެ ހަފްތާއަކުވެސް ވަކި ތީމެއް ކަނޑައަޅާފައިވާއިރު ގަދަ އަށެއް މިރޭ ސްޓޭޖަށް ނުކުންނާނީ އެ ބައިވެރިންގެ މައިންބަފައިން ނުވަތަ އެންމެ ގާތްމީހަކަށް އެންމެ ކަމުދާ ރީތި ލަވަޔެއް ހުށަހެޅުމަށެވެ. މިރޭ ޝޯވްގެ ތީމަކީ "ޕޭރަންޓް ސްޕެޝަލް"އެވެ. މޯލްޑިވިއަން އައިޑަލްގެ އެންމެ ފަހު ޝޯވްތަކާއެކު، ޝޯވްގެ ފޯރިއާއި ވާދަވެރިކަންވެސް އަންނަނީ އިތުރުވަމުންނެވެ. 

މިހަފްތާގެ ޝޯވގައިވެސް ބައިވެރިންގެ ހުށައެޅުންތަކަށް ބެލުންތެރިންގެ ފަރާތުން ވޯޓުދިނުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން، މާދަމާ މެންދުރުފަހު 3 ޖެހުމާއި ހަމައަށް އޮންނާނެއެވެ. 

އައިޑަލް ފޭނުންނާއި ޖަޖުންނަށްވެސް މިރޭ ވެގެންދާނީ އެމީހުންގެ ނިންމުން ނިންމަން އުނދަގޫ ރެއަކަށެވެ. ސަބަބަކީ މިރޭގެ ޝޯވްއާ އެކު މާދަމާ ރޭ އޮންނަ އެލިމިނޭޝަން ނައިޓްގައި ދެ ބައިވެރިޔަކު މުބާރާތާއި ވަކިވާންޖެހޭނެތީއެވެ.