ވިޔަފާރި

ދިރާގުގެ ރަތްކުލަ އޮރެންޖުކުލައަށް ބަދަލުކޮށްފި


ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) ގެ ކުލައާއި ލޯގޯ ބަދަލުކޮށްފިއެވެ. 

ރާއްޖޭގެ އެންމެ ދުވަސްވީ ޓެލެކޮމް ކުންފުނީގެ ގޮތުގައި އޮތް ދިރާގުން މިހާތަނަށް އެކުންފުނީގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރަމުން އައީ ރަތްކުލައެވެ. މިހާރު އެކުލަ އޮރެންޖުކުލައަށް ބަދަލުކޮށްފައިވާއިރު، ޓަޗް ނުވަތަ އަތްތިލަ ރަމްޒްކޮށްދޭ ދިރާގުގެ ލޯގޯއަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. 

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ ނަމުގައި މިކުންފުނި އުފެދުނުއިރު، ބޭނުންކުރަމުންއައީ، މުޅިން އެހެން ލޯގޯއެކެވެ. ދުނިޔެ ރަމްޒުކޮށްދޭގޮތަށް ފަރުމާކޮށްފައިވާ މި ލޯގޯއާއެކު އޭރު ދިރާގުގެ ރަސްމީ ކުލައިގެ ގޮތުގައި ބޭނުންކުރީ ނޫ ކުލައެވެ. 

img:http://s2.psmnews.mv/images/660x400/14956599356194.jpg|ދިރާގުގެ ކުރީގެ ލޯގޯއާއެކު ކުރީގެ އޮފީސް -

ނޫކުލަ ރަތްކުލައަށް ބަދަލުކޮށް ދިރާގުގެ ލޯގޯ ފުރަތަމަ ފަހަރަށް ބަދަލުކުރީ 2005 ވަނަ އަހަރުގެ ޖޫންމަހުގެ 23 ވަނަދުވަހުއެވެ. މިފަހަރު މިއައި ބަދަލާއެކީ މިއީ ދިރާގު އުފެދުނު ފަހުން ދިރާގުގެ ކުލައާއި ލޯގޯއަށް ބަދަލު އައި ދެވަނަ ފަހަރެވެ. އޮރެންޖު ކުލައާއެކު ދިރާގުގެ ސްލޯގަން ވެސް ވަނީ "ޓޭކް އޮން ޓްމޯރޯ"އަށް ބަދަލުކޮށްފައެވެ. މިހާރު ދިރާގުގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުގައިވެސް ވަނީ އާ ލޯގޯއާއި ކުލަ ހިމަނާފައެވެ.

img:http://s1.psmnews.mv/images/660x400/14956602558183.jpg|ދިރާގުގެ ކުލައާއި ލޯގޯ ބަދަލުކުރުމުގެކުރިން ހިންގި ބައެއް ޙަރަކާތްތައް -

img:http://s2.psmnews.mv/images/660x400/14956602764384.jpg|ދިރާގުގެ ކުލައާއި ލޯގޯ ބަދަލުކުރުމުގެކުރިން ހިންގި ބައެއް ޙަރަކާތްތައް - މިރޭ ދިރާގުން އެކުންފުނީގެ ކުލައާއި ލޯގޯ ބަދަލުކުރިއިރު، ވޭތުވެދި ހަފްތާގެތެރޭގައިވަނީ މިކަަމަށްޓަކައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.