އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަޤީރުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ ވިހި ވަނަ ދުވަހުގެ ނިޔަލަށް މި ލިސްޓަށް ޝަކުވާ ހުށައެޅޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ފުރުޞަތުގައި ޝަކުވާ ހުށަނާޅާ ފަރާތްތަކުގެ ޝަކުވާ އޭގެ ފަހުން ބަލައި ނުގަނެވޭނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މާލޭގައި ނަމަ ޝަކުވާ ހުށައަޅާނީ އެމިނިސްޓްރީއަށް ކަމަށެވެ. އަދި ރަށްރަށުގައި ނަމަ އެރަށެއްގެ ރަށު ކައުންސިލަށް ކަމަށެވެ.
މިއަހަރު އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އިތުރުން އަލަށް ފިޠުރު ޒަކާތާއި މުދަލުގެ ޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ މޭމަހު ހުޅުވާލާފައެވެ.