ވިޔަފާރި

ޢީދަށް ޚާއްސަ ވައިބަރ ސްޓިކަރ ޕެކެއް ދިރާގުން ނެރެފި


ފިޠުރު ޢީދަށް ޚާއްސަކޮށްގެން، ދިރާގުން ވައިބަރ ސްޓިކަރ ޕެކެއް ނެރެފިއެވެ.

ރަމާޟާން މަހާއި ފިތުރު އިދާގުޅުވައިގެން ދިވެހިންގެ ޢާއްމު ދިރިއުޅުމުގެ ބަހުރުވައާއި ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ސްޓިކަރ ޕެކްގެ ސަބަބުން ޢީދުގެ ތަހުނިޔާ ގާތްތިމާގެ މީހުންނަށް ރީތި ސްޓިކަރ އެއްގެ ސިފައިގައި ފަސޭހަކަމާއެކު ފޮނުވާލެވޭނެކަމަށް ދިރާގުން ބުނެއެވެ.

މި ސްޓިކަރ ޕެކްގައި ހުވަދޫ ބަހުރުވައާއި އައްޑޫބަހުރުވަ ފަދަ ރާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގެ ބަހުރުވަ ހިމެނޭ ސްޓިކާތައް ވެސް ހުރިކަން ފާހަގަކޮށްލެވެއެވެ. މިއީ ހިލޭ ޑައުންލޯޑް ކުރެވޭ ސްޓިކަރ ޕެކެކެވެ.

ދާދި ފަހުން ނިމިގެން ދިޔަ މޯލްޑިވިއަން އައިޑަލް ސީޒަން ދޭކާއި ގުޅުވައިގެންވެސް ދިރާގުންވަނީ ވަރަށް ޚާއްސަ ވައިބަރ ސްޓިކަރ ޕެކެއް ނެރެފައެވެ. އެ ސްޓިކަރ ޕެކަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުކަމަށް ދިރާގުން ބުނެއެވެ.