ޚަބަރު

ރޭގެ މާރާމާރީއާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި


ރޭ މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މީހުންނާގުޅޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މާލޭގައި ރޭ ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަޚަމްވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ. ފުލުހުން ބުނީ ރޭ މާފަންނު ދުނބުރި މިސްކިތް ކައިރީގައި ހިނގި މި މާރާމާރީގައި ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ވ ކެޔޮދޫ ދޭލިއާގެ އުމުރުން 19 އަހަރުގެ މުސާ އަޙުމަދު ކަމަށެވެ.

ފުލުހުން ބުނީ ރޭ ގެ މާރާމާރީގައި މަރުވި ޒުވާނާގެ އިތުރުން އުމުރުން 16 އަހަރުގެ ކުއްޖަކާއި 24 އަހަރުގެ ޒުވާނަކަށްވެސް ހަމަލާދީފައިވާކަމަށާއި އެ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށެވެ. އަދި އެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.