ޓުއަރިޒަމް

ރާއްޖެއިން އައިޓީބީ އޭޝިޔާގައި ބައިވެރިވާން ނިންމައިފި


އޭޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެރައ، އައިޓީބީ އޭޝިޔާގައި ރާއްޖެއިން ބައިވެރިވާން ނިންމައިފިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން މި ފެއަރ ގައި ބައިވެރިވާނެއެވެ. އައިޓީބީ އޭޝިޔާ ފެއަރ އޮންނަނީ މިމަހުގެ ފަންސަވީހުން ހަތާވީހަށް ސިންގަޕޫރުގެ މެރީނާބޭ ސޭންޑްސްގައެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އައިޓީބީ އޭޝީޔާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މިދާއިރާގައި ހުރި ގޮންޖެހުންތަކާއި، ދާއިރާ އިތުރަށް ފުޅާކުރާނެ ގޮތްތަކާއި ބެހޭގޮތުން މަސްވަރާކޮށް ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބާއްވާ ފެއަރ އެކެވެ.

މި ފެއަރގައި ބައިވެރިވާ ފަރާތްތަކަށް އޭޝިޔާގެ އެކި މާކެޓްތަކަށް ވަނުމަށް އިތުރު ފުރުސަތުތަށް ހުޅުވިގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން މިފަހަރުގެ އައިޓީބީ އޭޝިޔާގައި ބައިވެރިވާނެއެވެ. މިއީ މި ފެއަރ ބާއްވާ 10 ވަނަ އަހަރެވެ.