ވިޔަފާރި

ދުނިޔޭގެ އެންމެ މޮޅު ލަގްޒަރީ ހޮޓެލްއެވޯޑް ޖުމެއިރާ ވިޓަވެލިއަށް


މިއަހަރުގެ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ "ދުނިޔޭގެ އެންމެ މޮޅު ލަގްޒަރީ ހޮޓެލް ކެޓަގަރީ" ރާއްޖޭގެ ޖުމެއިރާ ވިޓަވެލި ރިސޯޓު ކާމިޔާބުކޮށްފިއެވެ.

11ވަނަ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސް 2017ގެ ޙަފްލާ ބޭއްވީ ސުވިޓްޒަލޭންޑްގެ ކުލްމް ހޮޓެލް ސެއިންޓް މޯރިޓްސްގައެވެ.  ޖުމައިރާ ވިޓަވެލި ރިސޯޓްގެ އިތުރުން ރާއްޖޭގެ މަޝްހޫރު އެހެން ރިސޯޓްތަކުންވެސް ވަނީ މިފަހަރުގެ އެވޯޑްގެ ގިނަ ކެޓެގަރީތައް ކާމިޔާވުބުކޮށްފައެވެ. އެގޮތުން، ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސް 2017ގެ  ބެސްޓް ވޯޓަރ ވިލާ ރިސޯޓް ކެޓެގަރީ ކާމިޔާބު ކުރީ ޕެރަޑައިޒް އައިލެންޑް ރިސޯޓެވެ.  

އަދި ބެސްޓް ލަގްޒަރީ ބްރޭންޑް އެވޯޑް ކާމިޔާބުކޮށްފައިވަނީ ކޮކޯ ކަލެކްޝަނުން އަދި ބެސްޓް އިކޯ/ގްރީން ހޮޓެލް ކާމިޔާބުކޮށްފައިވަނީ ކޮންސްޓަންސް މޫފުށި ރިސޯޓުންނެވެ. މީގެ އިތުރުން ބެސްޓް ލަގްޒަރީ ފެމިލީ ބީޗް ރިސޯޓުގެ ކެޓަގަރީ ކާމިޔާބުކޮށްފައިވަނީ ކުރުނބާ މޯލްޑިވްސްއިން އަދި ރީޖަނަލް ވިނަރ އިން ލަގްޒަރީ ހަނީމޫން ކެޓަގަރީ ކާމިޔާބުކޮށްފައިވަނީ ޖޭއޭ މަނަފަރު ރިސޯޓެވެ. 

މިއެވޯޑްސްގެ ކެޓަގަރީތައް ކާމިޔާބުކުރި ފަރާތްތައް ހޮވާފައިވަނީ އެކިއެކި މަންޒިލްތަކަށް ދަތުރުކޮށްފައިވާ 300ހާސް މީހުން ދީފައިވާ ވޯޓައް ބަލައިގެނެވެ.