ޚަބަރު

ފުލުހުންނަށް ރިޝްވަތު ދިންކަމުގެ ދައުވާ އަދީބުގެ މައްޗަށް


ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރި ބައެއް ފުލުހުންނަށް ރިޝްވަތު ދިންކަމަށް ބުނާ މައްސަލައެއްގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި ދެކޮޅަށް ދައުލަތުން ދަޢުވާކޮށްފިއެވެ. މި މައްސަލާގައި ދައުލަތުން ވަނީ އަދީބާއި ދެކޮޅަށް އިތުރު ދައުވާއެއްވެސް އުފުލާފައިއެވެ. އަދީބާއި ދެކޮޅަށް ދައުލަތުން ދެން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒުފޯރުވަން މަސައްކަތްކުރިކަމުގެ ކުށުގެ ދަޢުވާއެވެ.

ދައުލަތުން އަދީބާއި ދެކޮޅަށް އުފުލާފައިވާ ރިޝްވަތުގެ ކުށް ސާބިތުވެއްޖެނަމަ ތިން އަހަރާއި ބާރަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭކަމަކަށް ނުފޫޒުފޯރުވަން މަސައްކަތްކުރިކަމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ އެއްއަހަރާއި ހަތްމަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަދީބުގެ މައްޗަށް އިތުރު ދެ ދަޢުވާއެއް އުފުލާފައިވާއިރު އެނާގެ މައްޗަށް ދައުވާކުރާ ގިނަ މައްސަލަތަކެއް މިހާރުވެސް އަންނަނީ ކުރިމިނަލްކޯޓްގައި ހިންގަމުންނެވެ. އެގެތެރޭގައި އެމްއެމްއެމްޕީއާރސީއާއި ގުޅުންހުރި ޚިޔާނާތުގެ ނުވަ މައްސަލައަކާއި ޓެރަރިޒަމްއާއި އެނގިހުރެ މީހަކު މަރަން ރޭވުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.

 ދައުލަތުން އަދީބާއި ދެކޮޅަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު އަހުމަދު އަދީބު ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.