ކުޅިވަރު

އިންޓަރ އޯފީސް ކެރަމް މުބާރަތުގެ އޯޕަން ސިންގަލްސް އިވެންޓްގެ ފައިނަލުން





މިހާރު ކުރިއަށްދާ އިންޓަރ އޯފީސް ކެރަމް މުބާރަތުގެ އޯޕަން ސިންގަލްސް އިވެންޓްގެ ފައިނަލުން އެމްޕީއެލްގެ މުހައްމަދު މުންތަސިރު އަދި އެމްއޭސީއެލްގެ އަލީ ހަސަން ޖާގަ ހޯދައިފިއެވެ.


 
އެމްޕީއެލްގެ މުހައްމަދު މުންތަސިރު ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އެމްބީސީގެ އިސްމާއިލް އަޒްމީން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ އަލީ ހަސަން ފައިނަލުން ޖާގަހޯދީ ދެވަނަ ސެމީފައިނަލްގައި އެމްޕީއެލްގެ ލިފާއު އާމިރު ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.


 
މިމަހުގެ އަށަކުން ސަތާރައިގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި މިރޭ އަދި މާދަމާ ކުރިއަށްދާނީ ފިރިހެން އަދި އަންހެން ސިންގަލްސްގެ އިވެންޓްތަކެވެ. މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލުގައެވެ.