ޚަބަރު

ފޮރިން މިނިސްޓަރ ނިއުޔޯކަށް ފުރާވަޑައިގެންފި


ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޑރ.މުޙައްމަދު އާސިމް އެެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފިއެވެ. މިނިސްޓަރ އާސިމް ނިއުޔޯކަށް ފުރާވަޑައިގަތީ ސައުދިޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި އޯގަނައިޒޭޝަން ފޮރ އިސްލާމިކް ކޯޕަރޭޝަން އޯ.އައި.ސީގެ ކުއްލި ބައްދަލްވުމުގައި ބަވެރިވުމަށްފަހުއެވެ. މިދަތުރުފުޅުގެތެރެއިން ނިއުޔޯކްގައި ތިއްބަވާ އދގެ މެންބަރު ޤައުމުތަކުގެ މަންދޫބުންނާއެކު  މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ހމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީއިން މައުލޫމަތުދެއެވެ. މިގޮތުން ރާއްޖެއިން 2019-2020 އދގެ ސެކިއުރިޓީ ކައުންސިލްގެ ނޮން ޕާރމަނެންޓް ސީޓަށް ވާދަކުރާއިރު މެންބަރު ޤައުމުތަކުގެ އެއްބާރުލުން ހޯދުމަށްމިދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓަރ މަސައްކަތްކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. ފޮރިން މިނިސްޓަރ ނިއުޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ދެން ވަޑައިގަންނެވުމަށް ހަމަޖެހިފައިވަނީ އިތިއޯޕިއާއަށެވެ. އެއީ މިމަހުގެ 26 ވަނަ ދުވަހު ބާއްވާ އިތިއޯޕިއާގެ އެޑިސްބާބާގައި ބާއްވާ އެފްރިކަން ޔޫނިއަން ސަމިޓުގައި ބައިވެރިވަޑައިގަތުމަށެވެ.