ކުޅިވަރު

ބަޓްޝުއާޔީ ޑޯޓްމުންޑަށް، ޖިރޫ ޗެލްސީއަށް!


ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީގެ ބަޓްޝުއާޔީ ޑޯޓްމުންޑަށް ބަދަލުވެ، އާސެނަލްގެ ޖިރޫ ޗެލްސީއާ ގުޅިއްޖެއެވެ. 

ޖެނުއަރީ ޓްރާންސްފާގެ ފަހު ދުވަހު ޖަރުމަނުގެ ކުލަބުން ބަޓްޝުއާޔީ އެޓީމަށް ގެންދިޔައީ އާސެނަލްއަށް ބަދަލުވި އައުބަމަޔަންގ ނެތްތަން ފޫބެއްދުމަށެވެ. ބަޓްޝުއާޔީ ޑޯޓްމުންޑާ ގުޅުމަށްފަހު ބުނީ ޖޫން މަހު އޮންނަ ވޯލްޑްކަޕްގެ ސްކޮޑުން ފުރުސަތު ހޯދަން ބޭނުންނަމަ އޭނާއަށް އިތުރު ފުރުސަތު ބޭނުންވާކަމަށާއި، ޖަރުމަނުގައި އޭނާގެ އަމާޒަށް ވާސިލްވެވޭނެކަމަށެވެ. 

img:http://s2.psmnews.mv/images/660x400/15174705790283.jpg|ޗެލްސީ ދޫކޮށް، ޑޯޓްމަންޑަށް ބަދަލުވި ބަޓުޝުއާޔީ: ފޮޓޯ-އޭޕީ

އާސެނަލްގެ އޮލިވިއޭ ޖިރޫ ޗެލްސީއާއި ގުޅުނީ 18 މިލިއަން ޕައުންޑްގެ ޓްރާންސްފަރ ފީއަކަށެވެ. ރޭ ބޯންމޮތު އަތުން ޗެލްސީ ބަލިވި މެޗުގެ ހާފް ޓައިމްގައި ޗެލްސީގެ ސަޕޯޓަރުންނާއި ޖިރޫ ވަނީ ބައްދަލުކޮށްފައެވެ. އޭނާ ބުނީ ޗެލްސީއަކީ ޕްރިމިއަރ ލީގުގެ ބޮޑު ކުލަބެއްކަމަށާއި، އެ ކުލަބާއިއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. އާސެނަލްގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ސަޕޯޓަރުން ދިން ލޯތްބަށް ޖިރޫ ވަނީ ޝުކުރު އަދާކޮށްފައެވެ.