ސިޔާސީ

އެމްޑީއޭގެ ލީޑަރ އަޙްމަދު ޞިޔާމްގެ ޝަރީއަތް މިއަދު ކެންސަލްކޮށްފި


 
ކްރިމިނަލް ކޯޓުގައި މިއަދު ބާއްވަން އުޅުނު ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރ އަޙްމަދު ޞިޔާމް މުޙައްމަދުގެ ޝަރީއަތް ކެންސަލްކޮށްފިއެވެ.


 
އެނގިފައިވާ ގޮތުގައި މިއަދު ނުވައެއް ޖަހާއިރަށް ޝެޑިއުލްކޮށްފައިވާ ޝަރީއަތް ކެންސަލްކުރީ އޭނާއަށް ޗިޓް ހަވާލް ނުކުރެވިގެންނެވެ.


 
ޞިޔާމްގެ މައްޗަށް ދައުލަތުން ކުރަނީ ރާއްޖެއަށް ބަނގުރާ އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެންދަވަނީ އެދައުވާއަށް އިންކާރުކުރައްވަމުންނެވެ.