ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓްދޭ ފޮށްޓެއްގައި ރޯވެއްޖެ


ސްޓެލްކޯގެ ސަބްޓޭޝަން ފޮއްޓެއްގައި ރޯވެ މާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯ އިން ބުނީ 04:30 ހިނގި މިހާދިސާގައި ސަބަބުން ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާކަމަށެވެ. އަލިފާން ރޯކޮށްލާފައިވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައެވެ. ސްޓލްކޯއިން ބުނީ މީ ގަސްތުގައި ބަޔަކުކޮށް ކޮށްފައިވާ އަމަލެއްކަމަށް ބެލެވޭކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ސްޓޭޝަންގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މިހާދިސާގައި އަނދާފައި ވަނީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ސަބްޓޭޝަން ފޮށްޓަށް ލިބިފައިވާ ގެއްލުން ބަލަމުންދާކަމަށާއި ކަރަންޓް ކެނޑިފައިވާ ގެތަކަށް ކުރިއަށް އޮތް ހަތަރު ވަރަކަށް ގަޑިއިރުތެރޭގައި ކަރަންޓް ދިނުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މި މައްސަލާގައި ދެމީހަކު ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު ލިބެއެވެ. މިހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ދަނީ ތަޙުޤީގު ކުރަމުންނެވެ.