ސިޔާސީ

މަޖިލިސް ނައިބު ރައީސްކަމަށް ކޯލިޝަންގެ ހިމެނޭ 3 ބޭފުޅަކު ޝައުގުވެރިވޭ





 


އަށާވަނަ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަމަށް ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކުގެ ތިން ބޭފުޅަކު ޝައުގުވެރިވާކަން ފާޅުކޮށްފިއެވެ.


 
އެމްބީސީ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް މަޖިލީހުގެ ނައިބު ރައީސްކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރާއި، ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިހާން ހުސައިން މަނިކު ކަމަށެވެ.


 
މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލައްވާނެކަމަށް ރިޔާޒް ރަޝީދާއި، އަޙްމަދު އާމިރުވެސް ވަނީ އެމްބީސީ ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް ނިހާންގެ ބަހެއް ލިބޭގޮތް އަދި ވަނީ ނުވެފައެވެ. އެތިން ބޭފުޅުން އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވީ ނަމަވެސް ކޯލިޝަންގެ ތެރެއިން ފުރުސަތު ދޭނީ ކޮން ބޭފުޅަކަށް ކަމެއް ނިންމާފައި ނުވާކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަޙީމް އަބްދުﷲ ވިދާޅުވިއެވެ.


 
 
އަބްދުއްރަޙީމް ވިދާޅުވީ، އަށާރަވަނަ ރައްޔިތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ޕީޕީއެމުން ނެރޭނެ ބޭފުޅުން ކަނޑައެޅުމުގެ މަޝްވަރާތައް ނިންމާ ކުރިއަށް އޮތް ދެދުވަހެއްގެ ތެރޭގައި އެއީ ކޮންބައެއްކަން އިޢުލާން ކުރެވޭނެކަމަށެވެ. އަށާވަނަ މަޖިލިސް ފެށެން މިހާރުވަނީ ހަތަރު ދުވަހަށްވެފައެވެ.


 
 


އާމެމްބަރުން ހުވާކުރުމުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާވީސްވަނަ ދުވަހުއެވެ.