ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކތްތެރިވާ 9 ކުންފުންޏެއްގެ 16 ބައިވެރިންނާއެކު މި އަހަރުގެ "ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓް" ކޮޓުމް ފެއަރ ނިމިއްޖެއެވެ. މިއަހަރުވެސް ކޮޓުމް ފެއަރގެ ރާއްޖޭގެ ސްޓޭންޑަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.
ތިން ދުވަހުގެ މުއްދަތަކަށް ޗައިނާ ނޭޝަނަލް އެގްރިކަލްޗަރަލް އެގްޒިބިޝަން ސެންޓަރގައި ކުރިއަށްދިޔަ މިއަހަރުގެ "ޗައިނާ އައުޓްބައުންޑް ޓްރެވަލް އެންޑް ޓޫރިޒަމް މަރކެޓް" ކޮޓުމް ފެއަރއަކީ ޗައިނާގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއަރތަކުގެ ތެރޭގައި ހިމެނޭ ފެއަރއެކެވެ.
މިއަހަރުގެ ފެއަރގައި 60އަށް ވުރެ ގިނަ ޤައުމުން 450 ހެއްހައި އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.
މިއަހަރުގެ ކޮޓުމް ފެއަރއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ ޗީފް މާރކެޓިންގ އޮފިސަރ ފާޠިމަތު އަފްރާ ވިދާޅުވީ މިއަހަރުގެ ފެއަރގެ ތެރެއިން ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާއެކު ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވިކަމަށެވެ.
އަފްރާ ވިދާޅުވިއެވެ.
ކޮޓުމްފެއަރގައި ބައިވެރިވި ދިވެހި ކުންފުނިތަކުންވެސް ބުނީ ފެއަރތެރެއިން ޗައިނާގެ ޓުއަރ އޮޕަރޭޓަރުންނާ ބައްދަލުވެ، ރަގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ކޮޓުމް ފެއަރއަށް ޗައިނާގެ ހަތަރު ހާސް ތިންސަތޭކައަށްވުރެ ގިނަ ޓްރެވަލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު %18 އިތުރު ޢަދަދެކެވެ.