ޚަބަރު

މިއީ މުޅި ޓީމުން އެކުގައި ހޯދި ކާމިޔާބެއް - އަޝްފާގު


ބެންގަލޫރު އަތުން މޮޅުވެވުނީ އެންމެން އެކުގައި ދެއްކި ހިތްވަރުންކަމަށް ނިއުރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގު ބުނެފިއެވެ.

މާލޭގައި ފުރަތަމަ ފަހަރަށް ނިއުރޭޑިއަންޓް ބަލިކުރުމަށްފަހު ކެޕްޓަން އަޝްފާގު ބުނީ މެޗުގައި ބޭނުންވި ހުރިހާ ކަމެއް ހާސިލްވެއްޖެކަމަށާއި، މިއީ ހުރިހާ އެންމެން އެކައްޗެއް ކިޔައިގެން އެއް ރޫހެއްގައި ކުރި މަސައްކަތުން ލިބުނު ބޮޑު މޮޅެއްކަމަށެވެ.

ނިއުރޭޑިއަންޓަކީ ބެންގަލޫރު އެފްސީ ބަލިކުރި ރާއްޖޭގެ ފުރަތަމަ ކުލަބެވެ.

އަޝްފާގު ބުނީ މަސައްކަތްކޮށްފިއްޔާ ކޮންމެ ކަމެއްވެސް ކާމިޔާބުވާނެކަން މި މެޗުން ފެނިއްޖެކަމަށާއި، އުއްމީދަކީ އަދި ކުރިއަށް ހުރި މެޗުތައްވެސް ކާމިޔާބު ކުރުންކަމަށެވެ.

"އަސްލު ބޭނުންވީ މޮޅެއް، ދެން ބޭނުންވި ވަރަށް ގޯލްވެސް ޖެހުނީ، ހުރިހާ އެންމެންގެ މަސައްކަތުން މިކަން ހާސިލްވީ" އަޝްފާގު ބުންޏެވެ.