އައްޑޫ ސިޓީ ހުޅުމީދޫގައި މިފްކޯއިން ތަރައްޤީކުރާ ފިޝަރީޒް ކޮމްޕްލެކްސަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ބާއްވާ އައްޑޫ ސިޓީގެ އެކި ރަށްރަށުގައި އޯޕަންޑޭ މިއަދު ފަށާނެއެވެ.
އޯޕެންޑޭގެ ފުރަތަމަ ދުވަސް ބާއްވަނީ ހުޅުމިދޫގައެވެ. ހުޅުމީދޫގައި މި އޮޕެންޑޭ ބާއްވަނީ މިއަދު ހަވީރު 16:00 ން 18:00 އަދި ރޭގަނޑު 20:30 ން 23:00 އަށް ހުޅުމީދޫ ފިޝަރީޒް ކޮމްޕްލެކްސްގައެވެ. އަދި ހިތަދޫގައި އޯޕަންޑެ ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 21 ވަނަ ދުވަހު 20:30-23:00 ޝަރަފުއްދީން ސްކޫލްގައެވެ. އައްޑޫސިޓީގެ އިތުރުން މި އޯޕަންޑޭ ފުވައްމުލަކު ސިޓީގައިވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މިފްކޯއިން ބުނެއެވެ. ފުވައްމުލަކު ސިޓީން ވަޒިފާއަށް ކުރިމަތިލާ ފަރާތްތަކައް މި އޯޕަންޑޭ ބާއްވަނީ މި މަހުގެ 22 ވަނަ ދުވަހުގެ 20:30-23:00 ހާފިޒް އަހްމަދް ސްކޫލްގައިކަމަށް މިފްކޯއިން ބުނެއެވެ.
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ހުޅުވާލާއިފައިވާ ވަޒިފާގެ ފުރުޞަތުތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޝަން، އެކައުންޓިންގ، ޓެކްނިކަލް އަދި ކޮލިޓީ ކޮންޓްރޯލް ދާއިރާތަކުގެ ވަޒީފާ ހިމެނެއެވެ. މީގެ އިތުރަށްވެސް އެކިއެކި ވަޒީފާގެ ފުރުސަތުތަކެއް ފިޝަރީޒް ކޮމްލެކްސްއިން ލިބިގެންދާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި މިފަދަ އެކި ދާއިރާތަކަކުން 80 އާއި ގާތްކުރާ ޢަދަދަކަށް މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މި ވަޒީފަތަކަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އެފަރާތުގެ ސިވީއާއިއެކު އޯޕަންޑޭއަށް ވަޑައިގަތުމަށް މިފްކޯއިން އެދެއެވެ.
އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ބާއްވަ މި އޯޕަންޑޭގައި ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ބެހެގޮތުން މައުލޫމާތު ދެވޭނެއެވެ. މިފްކޯއަކީ ދިވެހިންނަށް އިސްކަންދީގެން ވަޒީފާ ދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ބުނެފައިވަގޮތުގައި އެ ކުންފުނީގެ ޢަމާޒަކީ އައްޑޫސިޓީގައި ހަދާ ފެކްޓަރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށް ހެދުން ކަމަށެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޚިދްމަތް އަންނަ މަހުދޭން ފަށަން ތައްޔާރުވެފައިވާއިރު، މިއީ ޢާންމު ރައްޔިތުންނަށް ލިބިގެންދާ ވަޒީފާ ރަނުގެ ފުރުޞަތެކެވެ.