މާލެއާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅުވާލުމަށް ބްރިޖާ މެދުވެރިކޮށް އަޅާ ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ. އެމްޑަބްލިއުއެސްސީން ބުނީ މާލެއާއި ހުޅުމާލެ ގުޅުވާލަދޭ ފެނުގެ ނިޒާމުގެ ފުރަތަމަ ހޮޅި ވަޅުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށާއި މި އަދަކީ ތާރީހީ ދުވަހެއްކަމަށެވެ.
މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބުރިޖް މެދުވެރިކޮށް ގުޅާލުމަށް އެމްޑަބްލިއުއެސްސީން ޗައިނާގެ ހާބަރ އިންޖީނިއަރިން ކޮމްޕެނީ އެޗްއީސީ އާއި ހަވާލުކޮށްފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1.6 މިލިއަން ޑޮލަރަށެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން ސެންޓަރެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތް ނިމުމުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ހިދުމަތް އެއްވެސް ދަތިތަކެއް ނެތި ލިބިގެންދާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ. . އެމްޑަބްލިއުއެސްސީން މި މަސައްކަތައް ބޭނުންވަ ޕައިޕް ފޯރުކޮށްދޭއިރު އެހެން ހުރިހާ ތަކެއްޗެއް ހޯދަނީ މަސައްކަތް ކުރާ ކުންފުނިންނެވެ.
މިގޮތުން މަސައްކަތައް ބޭނުންވާ ބޯލްޓާއި އަދި އޭގެ އިތުރުން މަސައްކަތް ރީތިކުރުމަށް ނުވަތަ ޕައިޕްލައިންގެ ޑިޒައިން ރީތިކުރުމަށް ހަމަޖެހިފައިވަނީ ވެސް އެކުންފުނިންނެވެ.
މާލެ އާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލުމަށް މަސައްކަތްފަށާފައިވާއިރު ބްރިޖްގެ މަސައްކަތް ނިމިގެންދާއިރު ފެން ހޮޅިތައް އެޅުމުގެ މަސައްކަތް ނިމެނޭކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އެންމެ ފަހު މަސައްކަތްތައް ކުރިއަށްދާއިރު މިހާރު ކުރަމުންދަނީ ބްރިޖްގެ އެންމެ ފަހު ބައި ގުޅާލުމުގެ މަސައްކަތެވެ. އަދި މި މަސައްކަތް މިމަހުގެ 9 ވަނަދުވަހު ނިންމާލާނެކަމަށް ހައުސިން މިނިސްޓޤރީން ބުނއެވެ. އަދި ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމާ އަންނަ މަސްނިމުމުގެ ކުރިން ބްރިޖް ހުޅުވާނެކަން ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.