ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްތިއުފާ ދެއްވައިފި


ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރގެ މަޤާމުން މުޙައްމަދު ލަމްއާން އިސްތިއުފާދެއްވައިފިއެވެ. ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި މަޤާމުން އިސްތިއުފާދެއްވިކަން ފާހަގަކުރައްވާ ލަމްއާން ވިދާޅުވީ ދެންއަންނަ ސަރުކާރުގެ ތެރެއިން، ފެނަކައިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ރޭވިފައިވާ ޕްރޮޖެކްޓުތަކާއި މިހާރުވެސް ކުރިޔަށްދާ ޕްރޮޖެކްޓުތައް ހުއްޓުމެއްނެތި ކުރިޔަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އަދި ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރޫ ނާރާގޮތަށް ޚިދުމަތް ދެއްވާނެކަމަށް ޤަބޫލު ކުރައްވާ ކަމަށްވެސް ލައްމާން ވިދާޅުވިއެވެ.

ލަމްޢާންވަނީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އިންތިޚާބީ ރައީސް އުފައްދަވާފައިވާ ޓްރާންސިޝަން ކޮމިޓީއަށް އެއްބާރުލުން ނުދޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ.