ޚަބަރު

ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި


ހިތަދޫ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިރޭ 22:30 އެހާކަށްހާއިރު ހިތަދޫ އަޝްރަފް މަންޒިލް ނަމަކަށް ކިޔާ ގެއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވާ ކަމަށެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އަޝްރަފް މަންޒިލް ގޭގެ ކޮޓަރިއެއްގައި ކަމަށެވެ. އަދި އެ ހާދިސާގައި އެ ގޭގެ ހިފާ ގެންގުޅޭ ތަކެއްޗާއި ބައެއް ފަރުނީޗަރު ފަދަ ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.