ކުޅިވަރު

ސާފް ޗެމްޕިއަންޝިޕްގައި އިމްރާން ބޭނުންކުރި އަންގި ރައީސް ސޯލިހަށް ހަދިޔާކޮށްފި


2008ގެ ސާފް ޗެމްޕިއަންޝިޕްގައި އިމްރާން ބޭނުންކުރި އަންގި ކީޕަރު އިމްރާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހަށް ހަދިޔާކޮށްފިއެވެ.

ކީޕަރު އިމްރާން މުޙައްމަދު ޤައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކުރުމަށް ކުޅުމަށް ބޭއްވި ޚާއްސަ މެޗު ޝަރަފްވެރިކޮށްދެއްވީ ރަޢީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސާލިހެވެ. މެޗު ފެށުމުގެ ކުރިން އިމްރާންވަނީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އޭނާ ބޭނުންކުރި އަންގި ރައީސް ސޯލިހާއި އެފްއޭއެމަށް ހަދިޔާކޮށްފައެވެ.

17އަހަރު ޤައުމީ ގޯލު ބަލަހައްޓައި ދިނުމަށްފަހު ކީޕަރު އިމްރާން ގައުމީ ޓީމަށް ކުޅުން އިމްރާންވަނީ މެޗުގެ ކުރިން އޭނާގެ ޖާރޒީއެއް މެޗުގެ ޚާއްސަ މެހުމާނުންގެ ތެރޭގައި ހިމެނޭ ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު، ސްޕެއިންގެ މިޝޭލް ސަލްގާޑޯ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކީޕަރު، ޕީޓާ ޝްމައިކަލްއަށް ހަދީޔާކޮށްފައެވެ.

ޤައުމީ ޓީމަށް ރަސްމީކޮށް ކުޅުން ހުއްޓާލުމަށް ކުރިއަށްގެންދިޔަ ހާއްސަ މެޗުގެ ކުރިން އޮތް ރަސްމިއްޔާތުގައި އިމްރާންގެ މައްމައާއި ބައްޕަ އަދި އާއިލާގެ ބައެއް މެމްބަރުން ބައިވެރިވިއެވެ. މި މެޗުގައި އިމްރާންގެ ޓީމަށް އިރުޝަދުދިނީ އިމްރާނަށް އެންމެ ފުރަތަމަ ގައުމީ ޓީމުން ފުރުސަތުދިން ކޯޗް، ޔޮރްދާން ސްޓޮއިކޯފެވެ.


މެޗުގެ ހާފް ޓައިމް އަދި މެޗު ނިންމާލުމަށްފަހު ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ އިމްރާނާއި އެކު ފޮޓޯނަގާފައެވެ.