ކުޅިވަރު

އާސެނަލްގެ ކޮންޓްރެކްޓް އައު ކުރަން ބޭނުންނުވީ ރަމްސޭ - އެމްރީ


ކޮންޓްރެކްޓް އައު ނުކުރަން ނިންމި ނިންމުމަކީ ރަމްސޭވެސް ބޭނުންވި ގޮތްކަމަށް އާސެނަލްގެ ކޯޗު އުނާއީ އެމެރީ ބުނެފިއެވެ.

އާސެނަލްގެ މިޑްފިލްޑަރ ކުލަބާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާ ކުލަބު ދޫކޮށްލޭނެކަން ކޯޗު އުނާއީ އެމްރީވެސްވަނީ ޔަގީންކޮށްދީފައެވެ. އެމެރީ ބުނީ ރަމްސީ ކުލަބު ދޫކޮށްލަން ބޭނުންވުމަކީ އޭނާ ހުއްޓުވަން ބޭނުންނުވާ އެއް ސަބަބުކަމަށެވެ.

ރަމްސޭގެ ކޮންޓްރެކްޓް އައު ނުކުރަން އާސެނަލުން ނިންމީ އޭނާ އައު ކޮންޓްރެކްޓާއިއެކު ބޭނުންވާ މުސާރަ ބޮޑުވުމުންކަމަށް އިނގިރޭސި މީޑީޔާތަކުން ރިޕޯޓްކުރެއެވެ. މިއަދުން ފެށިގެން އެހެން ކުލަބުތަކާއި ރަމްސޭ މަޝްވަރާ ކުރަން ފުރުސަތު އާސެނަލުން ދީފައިވެސްވާނެކަމަށް އާސެނަލުން ބުނެއެވެ.

ރަމްސޭ ހޯދަން ދުނިޔޭގެ ބޮޑު ފަސް ކުލަބަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން ޕީއެސްޖީ، ބަޔާން މިޔުނިކު، އިންޓަރ މިލާން، ޔުވެންޓަސް އަދި ރެއާލް މެޑްރިޑާއިއެކުވެސް ރަމްސޭ އަންނަނީ ޓްރާންސްފަރގެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.

ރަމްސޭ ދިޔުން އެންމެ ގާތްކަމަށް ބެލެވޭ ދެ ކުލަބަކީ ޖަރުމަންގެ ބަޔާން މިޔުނިކާއި، ސްޕެއިންގެ ރެއާލް މެޑްރިޑެވެ. ވޭލްސްގެ ފޯވާޑް ބޭލް ބޭނުންވަނީ ރަމްސޭ ރެއާލްއަށް ބަދަލުވާނެއެވެ. އަދި ބަޔާން މިޔުނިކުން ބުނަނީ ރަމްސޭއަށް ފުރުތަމަ އެގާރައިން ފުރުސަތުދޭނެކަމަށެވެ.

ރަމްސޭ އާސެނަލްއާއި ގުޅުނީ 2008ވަނަ އަހަރުގައެވެ. އޭނާ އާސެނަލްއާއިއެކު ހޭދަ ކުރި ދިހަ އަހަރުވަނީ 352 މެޗު ކުޅޭދީ 60 ގޯލް އެކުލަބަށް ޖަހައިދީފައެވެ.