ކުޅިވަރު

ޓްރަންމިއަރ ރޯވާސް ބަލިކޮށް ޓޮޓްނަމް އެފްއޭ ކަޕްގެ ހަތަރުވަނަ ބުރަށް


ރެކޯޑް މޮޅަކާއިއެކު ޓްރަންމިއަރ ރޯވާސް ބަލިކޮށް ޓޮޓްނަމް އިގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޓޮޓްނަމް ޓްރަންމިއަރ އާއި ވާދަކޮށް ޓޮޓނަމް މެޗު ކާމިޔާބުކުރީ ހަތެއް ސުމަކުންނެވެ. މިއީ ކުލަބުގެ ތާރީކުގައިވެސް ރަށުން ބޭރުގައި ޓޮޓްނަމް ހޯދި އެންމެ ބޮޑު މޮޅެވެ.
ރޭގެ މެޗުގައި ޓޮޓްނަމްގެ ލަނޑުތައް ޖަހައިދިނީ ފެނާންޑޯ ލޮރެންތޭ، ސާޖް އޮރިއަރ، ސަން ހުއެން މިން އަދި ހެރީ ކޭންއެވެ. ލޮރެންތޭ މެޗުގައި ތިން ގޯލް ޖަހައި ހެޓްރިކް ހެދިއިރު އޮރިއަރވަނީ މެޗުގައި ދެ ގޯލް ޖަހާފައެވެ.
ރޭގެ މޮޅަށްފަހު ޓޮޓްނަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނީ ލީގު މެޗުތަކުގައި ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭ ކުޅުންތެރިން ރޭގެ މެޗުގައި މޮޅު ކުޅުމެއްދެއްކިކަމަށެވެ. އޭނާބުނީ ޖެނުއަރީގައި ކުލަބުން ފޯވާޑެއް ހޯދަން ނުޖެހޭ ސަބަބ ރޭގެ މެޗުން އެކަނިވެސް ފެނިއްޖެކަމަށެވެ.