ކުޅިވަރު

ޔުވެންޓަސްއިން ރަމްސޭއަށް އަހަރަކު 8 މިލިއަން ޑޮލަރުގެ މުސާރައެއް ދޭން ތައްޔާރު


އާސެނަލްގެ މިޑްފިލްޑަރ އާރޮން ރަމްސޭއަށް އަހަރަކު 8 މިލިއަން ޑޮލަރު މުސާރައިގެ ގޮތުގައިދޭން ޔުވެންޓަސްއިން ތައްޔާރުވެއްޖެއެވެ.
އާސެނަލް ދޫކޮށްލަން ނިންމާފައިވާ މިޑްފިލްޑަރ ހޯދުމަށް ދުނިޔޭގެ ބޮޑު 5 ކުލަބަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަމްސޭ ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި މިވަގުތު އޮތީ ޔުވެންޓަސްއެވެ. މުސާރައިގެ ގޮތުގައި އަހަރަކު 8 މިލިއަން ޑޮލަރު ލިބޭ ބިޑެއް ޔުވެންޓަސްއިން ތައްޔާރުކުރަމުންދާއިރު، އާސެނަލުން ރަމްސޭ ޖެނުއަރީ މަހު ވިއްކާލަން ބޭނުމެއް ނުވެއެވެ.
ޔުވެންޓަސްގެ ސްޕޯޓިންގ ޑިރެކްޓަރ ފަބިއޯ ޕެޓްރިޝީ ބުނީ ރަމްސޭއަށް ބިޑުކުރަން އެކުލަބުން ތައްޔާރުވަމުން އަންނަކަމަށާއި، މޮޅު ކުޅުންތެރިންނަށް ޔުވެންޓަސްއިން އަބަދުވެސް ފާރަލާނެކަމަށެވެ.
ރަމްސޭ ހޯދަން ޔުވެންޓަސްގެ އިތުރުން ދެން އެންމެ ބޮޑަށް މަސައްކަތްކުރަމުންދާ ކުލަބަކީ ބަޔާން މިޔުނިކެވެ. މީގެ އިތުރުން ރެއާލް މެޑްރިޑާއި، ޕީއެސްޖީ އަދި އިންޓަރ މިލާނުންވެސްވަނީ 28 އަހަރުގެ މިޑްފިލްޑަރ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.