ވިޔަފާރި

ބީއެމްއެލް ބޯޑަށް އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުން މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި


ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ބޯޑުގައި ހިމެނޭ ޢާއްމު ހިއްސާދާރުން ތަމްސީލްކުރާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ މަޤާމަށް ކުރިމަތި ލެވޭނީ ރާއްޖޭގެ ބޭންކިންގ އާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ޢުމުރުން 30 އަހަރާ 70 އަހަރާ ދެމެދުގެ ބޭފުޅުންނަށް ކަމަށެވެ.

ބީއެމްއެލްއިން ބުނީ އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ އެ ދާއިރާގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ މީހަކަށްވާން ޖެހޭނެ ކަމަށެވެ.

ޢާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފައި ވަނީ މާރޗުމަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.

ބީއެމްއެލް ބޯޑުގައި ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމުގައި މިހާރު ތިއްބެވީ، މުޙައްމަދު އަބްދުލް ސައްތާރާއި އިބްރާހިމް މުޙައްމަދުގެ އިތުރުން އިބްތިޝާމާ އަޙުމަދު ސައީދެވެ.