ޚަބަރު

މަޖިލިސް އިންތިޚާބުގައި ޕީޢެސްއެމް ނިއުސް ޓީމާއި ގުޅުމުގެ ފުރުޞަތު ހުޅުވާލައިފި


އަންނަ އޭޕްރިލްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަވަރުކުރުމަށް "ޕީއެސްއެމް ނިއުސް" ގެ މޮނީޓަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުމުރުން 18 ފުރިފައިވާ ކޮންމެ މީހަކަށް ޕީއެސް ނިއުސް ޓީމުގައި ބައިވެރިވެވޭނެއެވެ. މޮނީޓަރަކަށް ވުމަށް އެދި ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ މިމަހުގެ 20 ވާ ބުދަ ދުވަހުގެ 16:00 އެވެ.

މޮނީޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި އޮންލައިކޮށް ހުށައެޅޭނެއެވެ. މިގޮތުން ޕީއެސްއެމް ނިއުސްގެ ވެބްސައިޓްގައިވާ http://stringers.psmnews.mv ފޯޓަލް މެދުވެރިކޮށް ފޯމް ހުށައެޅޭނެއެވެ. މި ފޯޓަލް މެދުވެރިކޮށް މޮނީޓަރަށް ވާން އެދޭ ފަރާތެއްގެ ވަނަވަރާއި އައިޑީކާޑުގެ ކޮޕީއާއި ޕާސްޕޯރޓް ފޮޓޯއެއް އަޕްލޯޑްކުރަންޖެހެއެވެ.

މި އިންތިޚާބުގައި މޮނީޓަރުން ކުރަންޖެހޭ މަސައްކަތުގެ ތެރޭގައި ވޯޓްލުން އޮންނަ ދުވަހު ވޯޓްލާ މަރުކަޒުތަކުގައި ހިނގާ ކަންކަމުގެ ފޮޓޯއާއި މައުލޫމާތު ވަގުތުން ވަގުތަށް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރުމާއި ވޯޓްގެ ނަތީޖާ ވަގުތުން ވަގުތަށް ޕީއެސްއެމް ނިއުސްއަށް ފޮނުވަންޖެހޭނެއެވެ.

ޕީއެސްއެމް ނިއުސް ޓީމުގައި ބައިވެރިވެ މޮނީޓަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ ދުވަހަށް އުޖޫރައެއްގެ ގޮތުގައި ފަސްސަތޭކަރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ރައްޔިތުން މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 6 ވަނަދުވަހުއެވެ. ރައްޔިޔުން މަޖލީހުގެ އިންތިޚާބުގެ ނަތީޖާ ވީ އެންމެ އަވަހަކަށް ގެނެސްދިނުމަށްޓަކައި ޕީއެސްއެމްގެ ޓީމުން ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުންނެވެ.