ކުޅިވަރު

ދިވެހި ކުޅުންތެރިން، ލިބުނު ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފި - ރަޢީސް ޞާލިހު


އެއަރ އިންޑިޔާއާއި ދެކޮޅަށް ކުޅެން ލިބުނު ފުރުސަތުގެ ބޭނުން، ރާއްޖޭގެ ކުޅުންތެރިން ވަރަށް ރަނގަޅަށް ހިފައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިޔާ މޯލްޑިވްސް އެކުވެރިކަމުގެ ކްރިކެޓް ސީރީސްގެ ފުރަތަމަ މެޗަށްފަހު ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ އެއަރ އިންޑިޔާގެ ޓީމާއި ދެކޮޅަށް ކުޅެ ރަނގަޅު ކުޅުމެއް ދިވެހި ޓީމުން ދެއްކިކަމަށާއި، ކުޅުންތެރިން މި ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައިފިކަމަށެވެ. ކުރިއަށް އޮތްތާނގާއިވެސް ރާއްޖެއަށް ކްރިކެޓުގައި ގިނަ ފުރުސަތުތައް ހޯދޭނެކަމަށާއި، މިއީ އެކަމުގެ ފެށުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ އެކުވެރި މާހާއުލެއްގައި ކުޅުނު ފުރަތަމަ މެޗުވެސް މި ފެނުނީ ވަރަށް ވާދަވެރިކޮށްކަމަށާއި، މިއީ ކްރިކެޓުގެ ކުރިމަގުގެ ތަރިންނަށް ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ.