ދައުވާކުރުމަށްފަހު މުރާޖާކުރަން ދައުވާ އަނބުރާ ގެންގޮސް މުޅިން އެހެން ދައުވާއެއް ކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިވަޑައިގެންނުވާކަމަށް ކަނޑައަޅާދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދްގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލަ އެކޯޓުން ބަލައިނުގަތުމަށް ނިންމައިފިއެވެ.ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ނަޝީދްގެ ފަރާތްޕުޅުން ހުށައެޅުއްވި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ މިމައްސަލައަކީ އިދާރީ ނިންމުމަކާއި ގުޅިގެން ހުށައެޅި މައްސަލައެއްކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައިކޯޓަށް ނުބެލޭނެކަމަށާއި އެފަދަ މައްސަލަތައް ބެލޭނީ ސުޕްރީމްކޯޓަށް އެކަނިކަމަށް ސުޕްރީމްކޯޓުން ނިންމާފައިވާކަމަށް ހައިކޯޓްގެ ނިންމުމުގައިވެއެވެ.