ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
އާއްމުންނަށް ހުޅުވާލައިގެން ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި މި ފޯންތައް ރާއްޖެއަށް ނެރެދިނީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރ، ރޮބިން ވޯލް އާއި ސެމްސަންގ ޑައިރެކްޓަރ މޯބައިލްސް ފޯ ސްރީލަންކާ އެންޑް މޯލްޑިވްސް އޮފް ސެމްސަންގ އިންޑިއާ އިލެކްޓްރޯނިކްސް ވައި.ކޭ ހުވަންގެވެ.
މި ފޯނުތަކަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މިމަހުގެ އަށްވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕްރީ އޯޑަރ ކުރާ ހުރިހާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑް ހިލޭ ލިބޭނެއެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ސީއެފްއޯ ރޮބިން ވޯލް ވިދާޅުވީ ސޭމްސަންގގެ މި ފޯނަކީ ތަފާތު އެތައް ކަމެއް އެކުލެވޭ މޮޅު ފޯނެއް ކަމަށެވެ. އަދި ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ އެންމެ ޒަމާނީ ފޯނުތައް ރާއްޖެއަށް ތައާރަފްކުރުމަށް ކަމަށެވެ.
ފޯނު ތަޢާރަފްކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަކަށް ވަނީ ސެމްސަންގ ގެލެކްސީ އެސް 10 ޕްލަސް ފޯނެއް ހަދިޔާ ކޮށްފައެވެ.