ސިޔާސީ

ޒިޔާދުއާއި ތަލްހަތުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި


ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު 2012 ވަނަ އަހަރު ހައްޔަރުކުރި މައްސަލާގައި ކަރނަލް ރިޓެޔަޑް މުހައްމަދު ޒިޔާދާއި ކުރީގެ ޑިފެންސް މިނިސްޓަރ ތަލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ދައުވާ އުފުލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފިއެވެ.މިއަދު އޮތް މިދެއަޑުއެހުމުގައި ބެންޗުންވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެތެރެއިން އެންމެފަހު ހެކިވެރިޔާގެ ހެކިބަސް ނަގާފައެވެ.ތަލްހަތުގެ ފަރާތުން ހެކިވެރިން ހުށަހަޅާފައެއްނުވެއެވެ. އަދި ޒިޔާދުގެ ގާނޫނީވަކީލްވެސް ވިދާޅުވީ އެފަރާތުން ހުށަހެޅި ހެކިވެރިން މިހާރު ހާޒިރުކުރަން ބޭނުންނުވާކަމަށެވެ.މިމައްސަލައިގެ އަޑުއެހުންތައް ނިންމާލައްވަމުން ބެންޗުން ވިދާޅުވީ ދެން އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުންކަމަށާއި ޚުލާސާ ބަޔާން ހުށަހަޅާއިރު ހެކިބަހާއިބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެފަރާތަކަށްވެސް އޮންނާނެކަމަށެވެ.