ވިޔަފާރި

މިދިޔަމަހު ޓެކްސްގެ ގޮތުގައި ދައުލަތަށް 1.27 ބިލިއަން ރުފިޔާ


މިއަހަރުގެ ފެބްރުއަރީމަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.27 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން އާއްމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ލިބުނު އާމްދަނީގެ އަދަދަކީ ދެހާސް އަށާރަވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ އަދަދަށްވުރެ 0.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަމަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ތިނެއް ޕޮއިންޓް ހަތަރެއް އިންސައްތަ އިތުރު އަދަދެކެވެ.

ހުސްވި މަހު ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޖީ.އެސް.ޓީ، ބީ.ޕީ.ޓީ އަދި ގްރީން ޓެކްސްއިން ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެން ކަމަށް މީރާއިން ބުނެއެވެ.

މީރާގެ މާލީ ހިސާބުތައް ދައްކާގޮތުން ހުސްވި މަހު ދައުލަތަށް އެންމެ ބޮޑު އާއްދަނީއެއް ލިބިފައިވަނީ މުދަލާއި ޙިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީންނެވެ. އެއީ 794.3 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ، ބީ.ޕީ.ޓީ އިންނެވެ. އެގޮތުން ބީ.ޕީ.ޓީގެ ގޮތުގައި ސަތޭކަ ތިރީސް ހަތަރެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެމުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ހަތްދިހަ ނުވައެއް ޕޮއިންޓް ހަތެއް މިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ.

ފެބްރުއަރީމަހު މީރާއިން ބަލައިގަނެފައިވާ ޢާމްދަނީގެ ތެރޭގައި 52.6 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.