ތަރައްްޤީ

ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަނީ


ބ.ތުޅާދޫގައި 100 ހައުސިންގ ޔުނިޓް އަޅާނެ ފަރާތެެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ތުޅާދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ރާއްޖެއާ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ބީލަމުގައި ބައިވެރިވުމަށްޓަކާއި -/1500ރުފިޔާގެ ފީއެއްދައްކަން ޖެހޭއެވެ. އަދި ބިޑް ސެކުއިރިޓީގެ ގޮތުގައި ދިހަހާސް ޑޮލަރު ބަހައްޓަންޖެހޭނެ ކަމަށެވެ.

ތުޅާދޫގައި ހިއްކާފައިވާ ބިމުގެ ސަރަޙައްދުގައި ހައުސިންގ ޔުނިޓް އެޅުމަށްޓަކައި 2012 ވަނަ އަހަރުގެ ތެރޭގައި ބަޔަކާ ހަވާލު ކޮށްފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް އެއިން އެއްވެސް ހައުސިން ޔުނިޓެއްގެ މަސައްކަތް ނިމިފައެއްނުވެއެވެ.