ރ.އުނގޫފާރުން ފަސްލައްކައަށްވުރެ ގިނަ ރުފިޔާއާ އެކު ވަގަށްނެގި ތިޖޫރި ފައިސާތަކާއެކު ފުލުހުން ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ ވަގަށް ނެގި ތިޖޫރީ ހޯދާފައިވަނީ އުނގޫފާރު ފަޅު ގޯއްޗެއްގެ ބަލައިފާސްކުރި އިރު އެގޯތި ތެރެއިން ކަމަށެވެ. ފުލުހުން ވިދާޅުވީ ތިޖޫރި ވަގަށް ނެގުމަށްފަހު އެ ތިޖޫރި ހުޅުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ 27 އަހަރުގެ ފިރިހެނެއްވެސް ހައްޔަރުކޮށްފައެވެ.
އުނގޫފާރުން ވަގަށް ނެގި ތިޖޫރި ފުލުހުން ހޯދިއިރު މިއަދު ހެނދުނު 8:30 އެހާއިރު މައްޗަންގޮޅި ސަރވިސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރައިންވެސް ވަނީ ވައްކަން ކޮށްފައެވެ. ފުލުހުން ވިދާޅުވީ އެ ފިހާރައިން 2600 އަށްވުރެ ގިނަ ޑޮލަރާއި 13500 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއްނުވެއެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަޙްޤީގު ކުރަމުންނެވެ.