މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީ (އޭޕީސީ) ގުޅިގެން ސޯލާ ޕެނަލް ފައިނޭންސް ކުރުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އޭޕީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ބޯޑު މެމްބަރު އަހުމަދު ހިސާނެވެ. އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ބިޒްނަސް އައްސަދު މުނީރެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ހިތަދޫ ބްރާންޗުގެ މެނޭޖަރ ޝަފްރާޒު ޒާހިރު ވިދާޅުވީ އެންމެ ހަލުވިކަމާއެކު ދިވެހީންނަށް ފައިނޭންސިންގެ ފެސިލިޓީ އެކްސެސްވުމުގެ ގޮތުން ތަޢާރަފްވެގެންދިޔަ މިކަމަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު އެއްތަރުހީބު ލިބެމުން އަންނަ އެއްޕްރޮޖެކްޓް ކަަމަށެވެ. އަދި އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭސިން ފެސިލިޓީގެ ދަށުން އޭޕީސީން ވިއްކާ ސޯލާ ޕެނަލްތައް އެއްދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ހަލުވިކަމާއެކު ދިވެހީންނަށް ފަސޭހަކަމާއެކު ފައިނޭންސިންގެ ފެސިލިޓީ އެކްސެސްވުމުގެ ގޮތުން ތަޢާރަފްވެގެންދިޔަ މިފެސިލިޓީ އަކީ މިހާރު ރާއްޖޭގައި އެންމެ ބޮޑު އެއްތަރުހީބު ލިބެމުން އަންނަ އެއްޕްރޮޖެކްޓް ކަަމަށެވެ.އަދި އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭސިން ފެސިލިޓީގެ ދަށުން އޭޕީސީން ވިއްކާ ސޯލާ ޕެނަލްތައް އެއްދުވަހުގެ ތެރޭގައި ހަމަޖެހިގެންދާނެ ރާއްޖޭގެ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައިި ލޯންތައް ފައިނޭންސިިންގް ފެސިލިޓީލިބޭ ފެސިލިޓީ" ޝަފްރާޒް ވިދާޅުވިއެވެ.
އޭޕީސީން ބުނީ މި ފެސިލިޓީގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ވައްތަރެއްގެ ސޯލާ ޕެނަލް ސިސްޓަމްތަކެއް ކަމަށެވެ. އެއީ ގްރިޑް ޓައި ސިސްޓަމަކާއި، ހައި ބްރިޑް ސިސްޓަމްގެ އިތުރުން އޮފް ގްރިޑް ސިސްޓަމެއް ކަމަށް އޭޕީސީން ބުނެވެ. އަދި އެމްއައިބީގެ ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ސޯލާ ނަންގަވާ ފަރާތްތަކަަށް ފައިސާ ދައްކައި ނިމެންދެން ސޯލާ ޕެނަލް ސިސްޓަމް އިންޝޫރަންސް ކުރެވިފައިވާނެ ކަމަށާއި މައްސަލައެެއް ދިމާވެއްޖެނަމަ އެކަން އޭޕީސީން ހައްލުކޮށްދޭނެކަމަށް އޭޕީސީން ބުނެއެވެ.
އޭޕީސީ އަކީ އައްޑޫ ސިޓީ ކައުންސިލްގެ 51 ޕަސެންޓު ހިއްސާވާ ކޯޕަރޭޓިވް ސޮސައިޓީއެކެވެ.