ޚަބަރު

އަނިޔާގައި ހުރުމަށްފަހު ނޭމާ ފަރިތަކުުންތަކަށް ނިކުމެއްޖެ



ދެ މަހަށްވުރެ ގިނަ ދުވަހު އަނިޔާގައި ހުރުމަށްފަހު ޕީއެސްޖީގެ ފަރިތަކުރުންތަކަށް ފޯވާޑް ނޭމާ ނިކުމެއްޖެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާ ފަރިތަކުރުންތަކަށް މިނިކުތީ ފަޔަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅުވެ ގިނަ ޓެސްޓްތަކެއް ހެދުމަށްފަހުއެވެ. ނޭމާގެ ފަޔަށް އަނިޔާވީ ފްރާންސް ލީގު ކަޕްގައި މިދިޔަ ޖެނުއަރީ މަހު ސްޓްރަސްބާގާއި ވާދަކުރި މެޗުގައެވެ.

އިއްޔެ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނޭމާ ނިކުތްއިރު، އޭނާ ފަރިތަކޮށްފައިވަނީ ވަކިންނެވެ. ލުއި ފަރިތަކުރުންތަކުގައި ކުރިއަށް އޮތް ތިން ދުވަހު ނޭމާ ބައިވެރިވުމަށްފަހު ފުލްޓީމާއިއެކު އަންނަ ހަފްތާގައި ނޭމާ ފަރިތަކުރާނެކަމަށްބެލެވެއެވެ. ނޭމާއާއި ނުލައި ޕީއެސްޖީ ޗެމްޕިއަންސް ލީގުން ކެޓިއިރު، ލީގުގައި ޕީއެސްޖީ ލީގުގައި މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވީވެސް ނޭމާ އަނިޔާގައި ހުއްޓައެވެ.

އަނިޔާއިން އެނބުރިއައިސް ނޭމާ ކުޅޭނެ ފުރަތަމަ މެޗެއްގެ ގޮތުގައި ޕީއެސްޖީން ލަފާކުރަނީ ލީގުގައި އެޓީމް ނަންޓޭސްއާއި ވާދަކުރާ މެޗެވެ.