އާ ޤާނޫނުލް އުގޫބާތައް އަމްކުރުން ފަސްކުރުމަށް ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފިއެވެ.އާ ޤާނޫނުލް އުގޫބާތައް އަމަކުރުން ފަސްކުރުމަށް ކޮމިޓީން ފާސްކުރިނަމަވެސް އެގޮތަށް އަމަލްކުރެވޭނީ ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށައަޅާ، އެގޮތަށް ފާސްވެގެންނެވެ.އެގާނޫނަށް އަމަލުކުރުން ފަސްކުރުމަށް ކޮމިޓިއަށް ހުށައެޅީ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާންއެވެ.ޤާނޫނުލް އުގޫބާތުގައި ވާގޮތުން އެޤާނޫނަށް އަމަލްކުރަން ފަށާނީ މިފެށޭ ހަފްތާގެ ހޯމަ ދުވަހުއެވެ.މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިންމާލަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.