ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި ޑީއާރުޕީގެ ލީޑަރު ބައްދަލުކުރައްވައިފިއެވެ.ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް މައުމޫނާއި ބައްދަލުކުރެއްވީ ޑީއާރުޕީން އެދިގެންކަމަށެވެ. އަދި މިބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުންނާއި، ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ނަޝީދު ވިދާޅުވިއެވެ.މިއަދުގެ ބައްދަލުވުމާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ޑީއާރުޕީގެ ލީޑަރު އެމަނިކުފާނުގެ އަރިހަށް ކުރެއްވި ޒިޔާރަތަށް ޝުކުރުއަދާކުރައްވާފައިވެއެވެ.