މޭވާގެ ބާވަތްތައް ކެއުމަކީ ސިއްޙަތަށް ގިނަ ފައިދާތަކެއް ލިބޭ ކެމެކެވެ. ތަފާތު އެކި ބަލި ތަކާއިވެސް ދުރުކޮށްދޭ ކަމެކެވެ. މޭވާއަކީ އަބަދުވެސް އެޔަށް ރަގަޅު ޑިމާންޑެއް އޮންނަ އެއްޗެކެވެ. މިސަބަބަށްޓަކައި ދުނިޔޭގައި ދުވާލެއްގެ މައްޗަށް ތަފާތު އެތަށް ބާވަތްތަކެއްގެ މޭވާ ބާޒާރަށް ނެރެއެވެ. މޭވާ ދަނޑުތައް ހައްދާ ފަރާތްތަކާއި މޭވާގެ ވިޔަފާރިކުރާ ފަރާތްތަކަށް މިވިޔަފާރިން ރަގަޅު އާމްދަނީއެއް ވެސް ލިބެއެވެ.
މޭވާގެ އެކި ބާވަތްތަކުގެ އަގުގައިވެސް ތަފާތުތަކެއް ހުރެއެވެ. އެއް ބާވަތެއްގެ މޭވާގައިވެސް އެކި ކޮލިޓީ ހުރެއެވެ. އަދި މިތަފާތުތަކާއެކު އެ މޭވާއެއްގެ އަގަށްވެސް ބޮޑު ބަދަލެއް އާދެއެވެ. މޭވާ ދަނޑުތަށް ހައްދާ ބައެއް ފަރާތްތަކުން ދަނީ މޭވާ ހެއްދުމުގައި ތަފާތު އީޖާދީ ބަދަލުތަށް ގެނެސް، އެމޭވާއަކަށް އޮންނަ ޑިމާންޑު އިތުރުކޮށް، ފައިދާއަށް ލިބޭ މިންވަރު އިތުރުކުރަމުންނެވެ.
އެގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު މޭވާގެ ބާވަތްތަކަށް ބަލާލަމާ ހިނގާށެވެ.
މިއީ ދުނިޔޭގެ އެންމެ އަގުބޮޑު އަދި އެންމެ ރީތި ސްޓޯބެރީގެ ބާވަތެވެ. ރަތްކުލަކަން ގަދަ މިސްޓޯބެރީސްގެ ތަނޑީގައި ހުންނަ ފަތްކޮޅުވެސް އެހައި ރީއްޗެވެ. މިސްޓޯބެރީޒްގެ އަގު އެހާ ބޮޑީވެސް ބަލާލަން ރީިތިވީމައެވެ. ޢާއްމުގޮތެއްގައި މި ބާވަތުގެ ސްޓޯބެރީޒް ބާޒާރުގައި ލިބެން ހުންނަނީ ބާރަ ސްޓޯބެރީ ހިމެނޭ ޕެކެއް އަށްޑިހަ ފަސް ޑޮލަރަށެވެ.
އަލަނާސިއަކީ އިނގިރޭސިވިލާތުގައި ޢާއްމުކޮށް ހައްދާ އެއްޗެއް ނޫނެވެ. ހޫނުގަދަ ޤައުމުތަކުގައި ހައްދާ އެއްޗަކަށް އަލަނާސިވެފައިވާއިރު، އިނގިރޭސިވިލާތުގެ ކޯންވޯލްގައި ހައްދާ މިއަލަނާސިއަކީ ތަފާތު ގޮތަކަށް ހައްދާ އެއްޗެކެވެ. އަލަނާސި ހެއްދުމުގައި ބޭނުންކުރާ ޓެކްނީކްގެ ތަފާތުކަމާއެކު މި އަލަނާސިވެފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު އަލަނާސީގެ ބާވަތަށެވެ. އެގޮތުން މީގެ އަލަނާސި އެއްގެ އަގު އެއްހާސް ޑޮލަރަށް އަރައެެވެ.
ޖަޕާނުގައި ހައްދާ މިމޭބިސް ކަދުރު ބަލާލަންވެސް ވަރަށް ރީއްޗެވެ. ކޮންމެ މޭބިސްކަދުރުގެ ސައިޒުވެސް އެހައި ބޮޑެވެ. ބޮޑުމިން ގާތްގަނޑަކަށް ޓީޓީ ބޯޅައެއްވަރު ވެއެވެ. މި ވަތްތަރުގެ މޭބިސްކަދުރަށް އޮންނަ ޑިމާންޑު ބޮޑުކަމުން އަގުވެސް ވަނީ އުފުލިފައެވެ. އެގޮތުން ކުރިން މީގެ މޭބިސްކަދުރު ކޯންޏެއް 900 ޑޮލަރަށް ލިބެއެވެ. އެހެން ނަމަވެސް މިހާރު މީގެ އަގުވަނީ ހަތަރުހާސް ޑޮލަރަށް އުފުލިފައެވެ.
މިބާވަތުގެ ކަރާ އާދައިގެ ކަރައަށްވުރެ ސައިޒުން ބޮޑުވެފައި ބަލާލަންވެސް ވަރަށް ތަފާތެވެ. އެގޮތުން ޢާއްމުކޮށް ކަރާ ފެހި ކުލައިގައި ހުއްޓަސް މިކަރާ ހުންނަނީ ކަޅު ކުލަައިގައެވެ. ޗަޕާނުގެ ހޮކައިޑޯ ކިޔާ ރަށެއްގައި ހައްދާ މިކަރާއަކީ ބާޒާރުގައި ހޯދަންވެސް އެހައި އުނދަގޫ އެއްޗެކެވެ. އެގޮތުން އަހަރެއްގެ މައްޗަށް ހައްދަނީ އެއްމެ ދިހަ ހާސް ކަރާއެވެ. ބާޒާރުގައި މިވައްތަރުގެ ކަރާގެއަގު އުޅެނީ ހަހާސް ޑޮލަރުގައެވެ.