ވިޔަފާރި

ސުޒުކީ އައުޓްބޯޑު އިންޖީނަށް ޙާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފި


ފަނަރަ އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭ ސުޒުކީ އައުޓްބޯޑު އިންޖީނަށް ޙާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފިއެވެ.

ރޯދަމަހަށް އަމާޒުކޮށްގެން އަންނަ މަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން އިފްތިތާހްކޮށްދެއްވީ އެމްޓީސީސީ ކަށަވަރު ޝޯވް ރޫމްގައި ބޭއްވި ހަލްފާއެއްގައި އެ ކުންފުނީގެ ސީއީއޯ ޙަސަން ޝާހްއެވެ.

މި ޕްރޮމޯޝަނާއި ގުޅޭ މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ އިސްމާއިލް އަދުހަމް ވިދާޅުވީ މި ޕްރޮމޯޝަންގެ ބޭނުން ވީހާވެސް ގިނަ ބަޔަކު ހިފާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ފަނަރަ އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަން އަދުހަމް ފާހަގަކުރެއްވިއެވެ.

"މި ޕްރޮމޯޝަންގައި 9.9 ހޯސް ޕަވަރއިން ފެށިގެން 150 ހޯސް ޕަވަރ އާއި ހަމައަށް ސުޒުކީ އައުޓް ބޯޓް އިންޖީން ލިބޭނެ، ފަނަރަ ފަސަންޓުގެ ޑިސްކައުންޓް ލިބިވަޑައިގަންނަވާނެ، އެއީ ގާތްގަނޑަކަށް 150 ހޯސް ޕަވަރގެ އިންޖީނަކުން ގާތްގަނޑަކަށް ސާޅީހަކަށް ހާސް ރުފިޔާގެ ޑިސްކައުންޓެއް،" އިދުހަމް ވިދާޅުވިއެވެ.

ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަކީ އާންމުކޮށް ރޯދަމަހު ކުދި ޑިންގީތަކުގައި ރަށާއިކައިރިން މަސްވެރިކަން ކުރާ ފަރާތްތަކެއްކަމުން، މި ޕްރޮމޯޝަންގައި ކުދި އިންޖީންތަކަށް ރަގަޅު ޑިމާންޑެއް އޮންނާނެ ކަމަށް ޤަބޫލް ކުރެވޭ ކަމަށްވެސް އަދުހަމް ވިދާޅުވިއެވެ.