ޚަބަރު

ރަމަޟާން ކްރިކެޓް ކާނިވަލްގެ މެއިން ސްޕޮންސަރަކަށް ލިލީ އެންޓަރޕްރައިސަސް


ރަމަޟާން ކްރިކެޓް ކާނިވަލްގެ މިއަހަރުގެ މެއިން ސްޕޮންސަރާއިއެކު ކްރިކެޓު ބޯޑުން ސޮއިކޮށްފިއެވެ.
ކޮންމެ އަހަރަކުވެސް ފޯރިއާއިއެކު ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލްގެ މެއިން ސްޕޮންސަރ ލިލީ އެންޓަރޕްރައިސަސްއާއިއެކު އެއްބަސްވުމުގައި ކްރިކެޓް ބޯޑުގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަފްލާހުއެވެ. ލިލީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މައްލާ އަހުމަދު ނާސިރުއެވެ. މިއަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލްގައިވެސް އޯޕަން ޓޭޕްބޯޅަ މުބާރާތާއި، އޮފީސް މުބާރާތައި ކުންފުނިތަކުގެ މުބާރާތްވެސް ކުރިއަށްދާނެއެވެ. މި ދެ މުބާރާތުގެ ގުރުއަތުލުން އޮންނާނީ މިރޭއެވެ. އޯޕަން ޓޭޕްބޯޅަ މުބާރާތުގައި މިފަހަރު 14 ޓީމެއް ވާދަކުރާނެއެވެ. ކުންފުނިތަކުގެ މުބާރާތުގައި 12 ޓީމެއް ވާދަކުރާއިރު، އޮފީސް މުބާރާތުގައި 8 ޓީމެއް ވާދަކުރާނެއެވެ.