ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ވިލިމާލޭގައި ހަދާ ވަގުތީ މާރުކޭޓުން 20 ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މި ގޮޅިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ވިލިމާލޭގެ ރައްވެހިންނަށެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ، ވިލިމާލޭގައި ވަގުތީ މާރުކޭޓެއް ހެދުމަށް ނިންމީ، ވިލިމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތާޒާމޭވާ އާއި ތަރުކާރީގެ ބާވަތްތައް ފަސޭހަކަމާއެކު ގަންނަން ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމަށްކަމަށެވެ.
ވިލިމާލޭ ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކުން މާލެސިޓީ ކައުންސިލްގެ ވިލިމާލޭ ސެކްޝަނުން ގޮޅިއަށް އެދޭ ފޯމު ފުރުމަށްފަހު މާދަމާ 12:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.