ޚަބަރު

ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ވައިޓް އެލާޓް ނެރެފި


ތ.އަތޮޅުންފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވާގޮތުގައި މިއަދު ހެދުނު 10:30 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށް ތ.އަތޮޅުން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.

އަދި މިއަދު ހަވީރު 6:00 ނިޔަލަށް މުޅި ރާއްޖޭގެ މޫސުން ކުރިޔަށް ލަފާކުރާ ގޮތުން ދެކުނުގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ. އުތުރުގެ އަތޮޅުތަކަށް ހުޅަގާއި ހުޅަގު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވާޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރައްވައެވެ. އެހެން ހިސާބުތަކަށް ހުޅަގު ދެކުނާއި ހުޅަގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމުނުގައި ވާޖެހޭނެ ކަމަށެވެ. ވިލާ ގަނޑުގާ ގަޑިއަކު 35 މޭލު ބާރުމިނުގާ ވާޖެހުން އެކަށީގެން ވާކަމަށް އެއިދާރާއިން ވިދާޅުވިއެވެ.